މިދިޔަ ހަފްތާ އެކަނި 776 ވެހިކަލްގައި ސްޓިކާ ޖަހައިފި

ޕާކިން ގަވައިދާ ހިލާފުވި 776 ވެހިކަލްގައި ފުލުހުން ވަނީ ސްޓިކާ ޖަހާފައި---

ޕާކިން ގަވައިދާ ހިލާފަށް ޕާކްކުރި 776 ވެހިކަލްގައި ފުލުހުން ސްޓިކާ ޖަހައިފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް މިއަދު އާއްމުކޮށްފައިވާ އިރު، މި މަހުގެ ހަތަރު އިން މިމަހު 10 ވަނަ ދުވަހާ ހަމައަށް ވަނީ 417 އުޅަނދު ބަލައި ފާސްކޮށްފަ އެވެ. އަދި ލައިސެންސް ނެތި ދުއްވި 99 މީހެއްގެ ލައިސެންސް ވަނީ ފުލުހުން ހިފަހައްޓައިފަ އެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލައިސެންސް ކާޑު އަތުގައި ނެތި ދުއްވައިގެން 57 މީހަކު ވަނީ ހިފަހައްޓައިފަ އެވެ.

އޭގެ އިތުރުން މަގުމަތީގެ 56 އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އަދި 23 ސައިކަލެއް ޓޯ ކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

comment ކޮމެންޓް