ފަތާ ޓްރެކް ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ އިރުދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް އިތުރަށް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވައިލައިފި އެވެ.

ފަތާ ޓްރެކްގެ ފެންވަރު ދަށްވުމުގެ ސަބަބުން އެތަން ބޭނުން ކުރަމުންދާ ފަރާތަތްކުން އެކަމުގެ ޝަކުވާ ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ސްވިމިން އެސޯސިއޭޝަނުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ، ފަތާ ޓްރެކްގައި ސިޑިބަރިއަކާ އެކު ފާހާނާ އާއި ފެންވަރާނެ ވަސީލަތްތައް ހިމެނޭގޮތަށް ޢިމާރާތެއް ހަދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި މަޝްރޫއު ރަޖިސްޓްރީ ކުރުމާއި މަޝްރޫއުއާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މި ފެށޭ ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަނުގައި ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ބީލަން ހުޅުވުން އޮންނާނީ މި މަހު 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަނުގައެވެ.

މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

https://sun.mv/119062

comment ކޮމެންޓް