މައްސަލަ ހޫނުވެ އެމެރިކާއިން އިރާން ކައިރިއަށް މިސައިލް ޑިފެންސް ސިސްޓަމެއް ފޮނުވައިފި

ޕެޓްރިއޯޓިކް މިސައިލް ސިސްޓަމް

އެމެރިކާއާ އިރާންގެ ގުޅުން ގޯސްވެ އިރާންގެ ކަނޑުގެ ސަރަަައްދު ކައިރިއަށް ޕެޓްރިއޮޓިކް މިސައިލް ޑިފެންސް ސިސްޓަމެއް ފޮނުވައިފި އެވެ.

ޕެޓްރިއޯޓިކް ޑިފެންސް ސިސްޓަމްއަކީ ބެލިސްޓިކް މިސައިލްއާއި ކްރޫޒް މިސައިލްއާ އަދި އެންމެ އެޑްވާންސް އެއާކްރާފްޓް މިސައިލް ސިސްޓަމްތަކުން ދޭ ހަމަލާތަކުން ރެކެވޭގޮތަށް ފަރުމާކޮށްފައިވާ އައްޑަނައެކެވެ.

އެމެރިކާއިން އިރާންއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އެމެރިކާއިން މިދިޔަ ބުރާސްފަތި ދުވަހު ސުއޭޒް ކެނަލް ސަރަހައްދަށް ވަނީ ހަނގުރާމަމަތީ މަނަވަރު އަބްރަހަމް ލިންކަންވެސް ފޮނުވައިފަ އެވެ.

މިސައިލް ޑިފެންސް ފޮނުވީ އެމެރިކާއިން ފޮނުވި މަނަވަރަށް ހަމަލާދީ ފައްތާލާނެކަމުގެ އިންޒާރު އީރާނުން ދިނުމާ ގުޅިގެންނެވެ. އެ ސިސްޓަމްގެ އިތުރުން އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު ޔޫއެސްއެސް އަރުލިންގްޓަންވެސް މިހާރުވަނީ އިރާންކައިރިއަށް މިސްރާބު ޖަހައިފަ އެވެ.

އެމެރިކާއިން ފަހަކަށް އައިސް އިރާނަށް އިގްތިސާދީ ގޮތުން ދަނީ ވަރަށް ބޮޑަށް ފިއްތަމުންނެވެ. އިރާނުން ޔުރޭނިއަމް ފައްކާކުރުން ހުއްޓުވުގެ ގޮތުން ބޮޑެތި ގައުމުތަކާ ހެދި އެއްބަސްވުމުންވެސް އެމެރިކާއިން ވަނީ ވަކިވެފަ އެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ބުނީ އެ އެއްބަސްވުން ދެމިއޮންނާނެ ކަމަށެވެ.

އެމެރިކާއިން ވަނީ އީރާންގެ ތެޔޮ ގަތުންވެސް ގައުމުތަކަށް މަނާކޮށްފަ އެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިރާނުން ވަނީ އަލުން ޔުރޭނިއަމް ފައްކާކުރާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. - ބީބީސީ

comment ކޮމެންޓް