ހުޅުމާލޭގައި ކޮންޓްރޯލް ނުވި ކާރެއް ގަސްތަކެއްގެ ތެރެއަށް ވަދެ ގެއްލުންވެއްޖެ

ކޮންޓްރޯލު ނުވެ ހުޅުމާލޭ ގަސްތަކުގެ ތެރެއަށް ވަން ކާރު. --- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި، ގަސްތަކުގެ ތެރެއަށް ވަދެ ކާރަށް ގެއްލުންތަކެއްވެެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ރީތިގަސްމަގުން މިއަދު ހެނދުނު ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ގަސްތަކުގެ ތެރެއަށް ވަދެ، ކާރުގެ ކުރީ ބަފަރު ހަލާކުވެފައިވާ ކަމަށެވެ.

އެ ހިދާސާ ހިނގި އިރު ކާރު ދުއްވަން އިނީ ޑްރައިވަރު އެކަނި ކަމަށާއި އޭނާ އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކާރު ކޮންޓްރޯލުން ނެއްޓި ގަސްތަކުގެ ތެރެއަށް ވަނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

https://sun.mv/118888

ހުޅުމާލޭގައި ފަހަކަށް އައިސް އަންނަނީ ބޮޑެތި އެކްސިޓެންޓްތައް ހިނގަމުންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު، މިދިޔަ ހޯމަ ދުވަހު، ހުޅުމާލޭގައި އެމްޓީސީސީ އިން ދުއްވާ ބަހަކުން ޖެހި ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގީ ބަހުގެ ޑްރައިވަރަށް ނިދިގެންނެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހު ވެސް ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ޖެހި ޓެކްސީއެއްގެ ފަހަތް ވަނީ ހަލާކުވެފަ އެވެ. އެ ހާދިސާ ވެސް ހިނގީ ބަސް ޑްރައިވަރަށް ނިދިޖެހިގެންނެވެ.

comment ކޮމެންޓް