ކާބޯތަކެތީގެ އަގުހެޔޮ ކުރަން ހުތުބާގައި ގޮވާލައިފި

މެއި 8، 2019: މާލެ، މާރުކޭޓްގެ ގޮޅިއެށްގައި ހުރި މިރުސް ތަކެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަމަޟާން މަހު ކާބޯތަކެތީގެ އަގުހެޔޮކުރަން މިއަދުގެ ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދު ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އިއްވި ހުތުބާގައި ބުނީ ރަމަޟާން މަހަކީ އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ އުޅެންވީ މައްސަރު ކަމަށާއި ރޫޅިފައިވާ ސަފުތައް އެއްވާންވީ މައްސަރުކަަމަށެވެ.

އެހެންކަމުން މި ރަމަޟާން މަހަކީ ގައުމީ މަސްލަހަތު ކުރިއަށް ނެރެ މަސައްކަތްކުރަންވީ މައްސަރު ކަމަށާއި ކިލަނބުވެފައިވާ ހިތްތައް އެކުވެރިކުރަންވީ މި މައްސަރުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

" ގައުމީ އިޖިތިމާއީ މައްސަލަތައް ހައްލުކުރުމުގައި އެއްބަޔަނު އަނެއް ބަޔަކަށް ވާގިވެރިވާންވީ މައްސަރެވެ. ކާބޯތަކެތީގެ އަގުތައް އެހެން މައްސަރުތަކަށް ވުރެ ހެޔޮކުރަންވީ މައްސަރުވެެސް މެއެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އެފަދައިން ބުނިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ރޯދަ މަހާ ގުޅިގެން ދެއްވި ޚިތާބުގައި ވެސް ވަގުތީ ފައިދާއަަކަށް ރަމަޟާންމަހު ތަކެތި އަގުބޮޑުކޮށް ނުވިއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަކަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ސަވާބަށް ވިސްނަވައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ވިޔަފާރިވެރިންނަށް ރައިސް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް