ގޮމަ: ތާތުގެ ފަރާތުން ސިމްޕަލް ގްލޭމް ލުކް އެއް!

ފާތުމަތު މުހައްމަދު، ނުވަތަ ތާތު އޭ ބުނެލައިފިނަމަ މިހާރު ހަމަގައިމުވެސް ގިނަ ބަޔަކަށް އެނގޭނެއެވެ. މޭކަޕް ކުރުމާއި ބުރުގާ އަޅުވައިދިނުމުގައި ފިޔަ ޖަހަމުން އަންނަ ނަން ތަކުގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ އުންމީދީ އެއް ނަމަކީ މިއީއެވެ.

ކައިވެނީގެ ހަފްލާތަކަށާއި ގްރެޖުއޭޝަން ފަދަ ރަސްމީ އިވެންޓްތަކުގެ އިތުރަށް ކިތަންމެ ސިމްޕަލް މޭކަޕްއެއް ކޮށްލަން ބޭނުންވި ކަމުގައިވިޔަސް ތާތުއަކީ މިކަމަށް ހަމަ ނުހަނު ކުޅަދާނަ ހުނަރުވެރިއެކެވެ.

ކުރިއަރަމުން އަންނަ ޒުވާން މޭކަޕް އާޓިސްޓުންގެ ފަރާތުން މިފަހަރު އަހަރެމެން މި ގެނެސްދެނީ ތަފާތު އެކި ކަހަލަ މޭކަޕްތައް ކުރާނެ ގޮތެވެ. ޓިއުޓޯރިއަލް ސްޓައިލަކަށް ގެނެސްދޭ މި ޥީޑިއޯތައް ހުށަހަޅާދީފައިމިވަނީވެސް ހަމަ މި ކުޅަދާނަ މޭކަޕް އާޓިސްޓުންނެވެ.

ފުރަތަމަ އެޕިސޯޑްގައި ފެނިގެންދާނީ ތާތުގެ ފަރާތުން ވަރަށް ސިމްޕަލް ގެކޭމް ލުކްއެއް ގެންނާނެ ގޮތެވެ. މި ވީޑީއޯގައި މޮޑެލްއެއްގެ ގޮތުން ފެނިގެންދާނީ ޚަދީޖަތު ޝަފީގާ (ޝަފް) އެވެ.

ވީޑިއޯ އަދި އެޑިޓިންގްގައި ބައިވެރިވެފައިވަނީ ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު އެވެ.

comment ކޮމެންޓް