ހައްދު ފަހަނައަޅާފައި ހުރިހާ މުސްލިމް ގްރޫޕްތައް ނައްތާލާނަން: ލަންކާގެ ރައީސް

ބޮމުގެ ހަމަލާ އަމާޒުވި ފައްޅިއަކަށް ސިރިސޭނާ ޒިޔާރަތްކުރެއްވުން --

ހައްދު ފަހަނައަޅާފައި ހުރިހާ މުސްލިމް ގްރޫޕްތައް ނައްތާލައްވާނެކަމަށް ސްރީލަންކާގެ ރައީސް މައިިތިރިޕަލަ ސިރިސޭނާ ވިދާޅުވެެއްޖެއެވެ.

ނަސާރާއިން ފާހަގަކުރާ އީސްޓާ ދުވަހާ ދިމާކޮށް ދާދި ފަހުން ދިން ނިރުބަވެރި ހަމަލާތަކުގައި މިހާތަނަށް 258 މީހުން ވަނީ މަރުވެފައެވެ.

ސްރީލަންކާގެ ސައިންތަމުރުތޫގައި ދާދި ފަހުން އިސްލާމީ ހަނގުރާމަވެރި ގްރޫޕްތަކާ އެގައުމުގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތައް ހިނގި ސަރަހައްދު ސިރިސޭނާވަނީ ބައްލަވާލައްވައިފައެވެ.

އެ ސަރަހައްދުގައި ކުރިމަތިލުންތައް ހިނގައިފައިވަނީ ލަންކާގެ ފައްޅިއާއި ހޮޓާތަކުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި އެތައް ބަޔަކު މަރާލިތާ ފަސްދުވަސް ފަހުންނެވެ. ޖާނުން ފިދާވެގެން ތިން މީހަކު ދިން އެ ހަމަލާގައި 16 މީހުން މަރުވިއެވެ.

" އިސްލާމީ ހައްދު ފަހަނަ އަޅާފައިވާ ގްރޫޕްތަކާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ވަރަށް ކާމިޔާބު. އޮޕަރޭޝަން ނިމޭއިރު ހުރިހާ ޖިހާދީންތައް ނައްތާލެވޭނެ." ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ ސައިންތަމުރުތޫރު ސަރަަހައްދަށް ވަޑައިގެންނެވިއރު އެތަނުގައި ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ލަންކާގެ ފުލުހުން ބުނީ އީސްޓާ ހަމަލާގައި ބައިވެރިވި ހުރިހާ ޖިހާދީން މަރާލާއި އަދި މަރާ ނުލެވޭމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ލަންކާ ފުލުހުން ވަނީ 56 މީހުން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް