''މިނިސްޓަރުންގެ ލިސްޓް'' ގައި އެތައް ބަޔަކު ހައްޖަަށް ގެންދިއަކަން ހާމަވެއްޖެ

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަންއިން މީހުން ހައްޖަށް ގެންދިއުމުގައި މިނިސްޓަރުންގެ ލިސްޓްގައި ކަމަށް ބުނެ އެތައް ބަޔަކު ހައްޖަަށް ގެންދިއަކަން ހާމަވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ ކުރިން އެ ކޯޕަރޭޝަންއިން މީހުން ހައްޖަށް ގެންދާއިރު އެ ކޯޕަރޭޝަންއަށް ދޫކޮށްފައިވާ ކޯޓާއިން ސަރުކާރުން ބޭނުންވާ ވަރަކަށް ޖާގަ "ރިޒާވް" ކުރެވޭ ކަމަށެވެ.

އަދި އެކަމުގައި ނާޖާއިޒް ފައިދާ ނެގުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވެސް ގެއްލިިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެެ. ރައީސް

"މިސާލަކަށް އަޅުގަނޑުމެންނަށް 500 ކޯޓާ ދެއްވާފަ މިނިސްޓާއަށް ވިދާޅުވެވިދާނެ 250 މީހުން ގެންދަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން ބުނާ ލިސްޓަކަށޭ. މީގެ ސަބަބުން މިދިޔަ ދުވަސްތަކުގަ ރައްޔިތުންގެ އިތުބާރު ގެއްލުމުގެ އެންމެ ބޮޑު ރޯލެއް އަދާކޮށްފަ އޮތީ މިކަންތައް،" އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވެސް 950 ވަރަކަށް މީހުން ހައްޖަށް ގެންދިޔަކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ހައްޖަށް ގޮސްފައިވަނީ "މިނިސްޓަރުގެ ލިސްޓު" ގައި ނަން ހިމަނައިގެން ކަމަށެވެ.

ހަމީދު ވިދާޅުވި މިނިސްޓަރުންގެ ލިސްޓުގައި ޖަހަައިގެން ހައްޖަށް ދިއުމުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ފަށައިފައިވާ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް އެފަދަ ގޮތަކަށް ހައްޖަށް މީހުން ނުފޮނުވާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ އާންމު ނިކަމެތި ރައްޔިތުންނަށް ހައްޖަށް ދިޔުމުގެ ދޮރު ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް