ޓޫރިޒަމް ކުރިއެރުވުމުގެ މަޝްވަރާއަށް މިނިސްޓަރު ލ. އަތޮޅަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: --- ސަން ފައިލް ފޮޓޯ

ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަޝްވަރާކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި އެ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި ލ. އަތޮޅުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ވިޔަފާރީގެ އެންމެހާ މަސްލަހަތު ހިމެނޭ ފަަރާތަތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފަިއވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އަލީ ވަހީދުގެ ދަތުރުގައި ލ. ފޮނަދޫ، ބަރެސްދޫ، ކައްދޫ އަދި ފޮނަދޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިިފައެވެ.

"މި ދަތުރުގެ މަގްސަދަކީ ލ. އަތޮޅުގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތް ބައްޓަން ކުރުމުގައި ބޭނުންވާ ހިޔާލާއި ލަފާ ހޯދުމެވެ." ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ ދަތުރުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުއާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއައިޓީޑީސީގެ އޮފިޝަލުން ބައިވެރިވެލައްވައެވެ،

comment ކޮމެންޓް