ހައިވޭ އެކްސިޑެންޓެއްގައި އަނެއްކާ ވެސް ޑިވައިޑަރުތައް ފުނޑުފުނޑު

ބުރިޖު ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓް---

ހުޅުމާލެ އާއި ސިނަމާލެ ބުރިޖާ ގުޅުވައިދޭ ހައިވޭގައި ވޭނެއް ކޮންޓްރޯލުން ނެއްޓި ހަވޭ ވަކިކުރަން ޖަހާފައިވާ ޑީވައިޑަރުތައް ހަލާކުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:11 ގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިިފައެއް ނުވެ އެވެ.

ޑިވައިޑަރުތައް ފުނޑުފުނޑުވެ ބުރައިގެން ދިޔަ ދިޔުމުގައި ހުޅުމާލެއިން މާލެ ދިޔަ ޓެކްސީއެއްގެ ބޭރުގައި ޖެހި ޓެކްސީއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހައިވޭގައި އެކްސިޑެންޓްގެ ޑިވައިޑަރުތައް ހަވާލުވެފައިވެ އެވެ.

comment ކޮމެންޓް