ލަންކާގައި ދިވެހިން ދިރިއުޅޭ ހިސާބުތަކުގައި ހައްދުފަހަނައެޅި މީހުން އުޅޭ: ރަނިލް

ފޮރިން މިނިސްޓަރު ޝާހިދު ރަނިލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ސްރީލަންކާގެ ހައްދު ފަހަނަ އެޅި މީހުން ދިވެހިން އުލޭ ސަރަހައްދުތަކުގައި އުޅޭ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގަ ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. ޝާހިދު މިއަދު ވަނީ ރަނިލްއާ ބައްދަލުވެސް ކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ރަނިލް ވިދާޅުވީ، ދެލިވަލަ، މައުންޓް ލެވީނިއާ އަދި ޕާނަދުރާގައި ދިވެހިންގެ ވަރަަށް ގިނަ ބަޔަކު ވިޔަފާރީގެ އެކި ކަންކަމުގައި ދިރިއުޅެމުންދާ ކަމަަށެވެ.

|"ލަންކާގެ ހައްދުފަހަނަ އަޅާފައިވާ މުސްލިމުން އެ ސަރަހައްދުތަކުގައި ވަރުގަދަ ސެކިއުރިޓީއާއެކު ޓެރެރިޒަމްގެ ހަރަކާތްތައް ހިންގަމުން އެބަދޭ. " ރަނިލް ވިދާޅުވިކަމަށްބުނެ ލަންކާގެ ނޫހެއް ކަމަށްވާ އަދަދެރަނައިން ރިޕޯޓްކޮށްފައިވެއެވެ.

އެހެންކަމުން ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކޮށް ދެ ގައުމަށް ލިބިފައިވާ ހާއްސަ މައުލޫމާތުތައް ހިއްސާކުރަން ޖެހޭކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

ބޭސްފަރުވާއަށާއި، ކިޔެވުމަށާއި އަދި އެހެނިހެން ކަންކަމުގައި ރާއްޖޭގެ 15،000 އެއްހާ ދިވެހިން ލަންކާގައި ދިރިއުޅެއެވެ.

ލަންކާގެ ކްރިސްޓިއަނުންގެ އީސްޓާ ދުވަހާ ދިމާކޮށް ދިން އެކި ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފައެވެ. ސްރީލަންކައިން ބުނީ އެ ހަމަލާތަކުގައި ޝާމިލްވި އެންމެން މިހާރު ދެނެގަނެ ހައްޔަރުކުރަން ޖެހޭ އެންމެން މިހާރު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އެގައުމުގެ ވިސާގެ އުސޫލުތަކަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.

ސްރީލަންކާގައި ދިރިއުޅުމުގެ ވިސާ ނުވަތަ ރެސިޑެންސް ވިސާ އަލަށް ނަގާ ނަމަ، އެ މީހަކު ނިސްބަތްވާ ގައުމެއްގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައި، ވިސާ ހަމަޖެހިގެން އެ ގައުމަށް އެތެރެވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

comment ކޮމެންޓް