ދެ ވައްތަރެއްގެ ޗީޒް ވިއްކުން މަނާކޮށްފި

ރާއްޖޭގައި ވިއްކުން މަނާ ކުރި ޗީޒް --

ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން ޗީޒް ރާއްޖޭގެ ބާޒާރުން ވިއްކުން މަނާކޮށްފި އެވެ.

އެދެ ވައްތަރުގެ ޗީޒް ވިއްކުން މަނާ ކުރީ އެ ޗީޒް ބޭނުން ކުރުމުން ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތުމުން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން އެ ދެބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވާކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުންވެސް އެކަން ރާއްޖެއަށް އަންގާފައިާ ކަމަށާއި މިހާރު އެ ތަކެތި ބާޒާރުން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުންޏެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ 31 މެއި 2019 ގެ ނިޔަލަށް މުއްދަތު ހަމަވާ ފްރާންސްގެ ސެއިންޓް ފެލިސީން އާއި ސެލިންޓް މާސިލީން ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

comment ކޮމެންޓް