ލާހޯރުގައި ބޮމުގެ ހަމަލާއެއްދީ، ފަސް މީހުން މަރާލައިފި

ޕާކިސްތާނުގެ ލާހޯރުގައި ދިން ހަމަލާ އަމާޒު ކުރީ ފުލުހުންގެ އުޅަނދަކަށް -- ފޮޓޯ: ރޮއިޓާސް

ލާހޯރު (މެއި 8): ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ސޫފީ ޒިޔާރަތެއް ކައިރީ ބޮމުގެ ހަމަލާއެއްދީ، ފަސް މީހުން މަރާލައިފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ދާތާ ދަރުބާރު ޝްރައިން ކައިރީ ދިން އެހަމަލާ އަމާޒު ކުރީ ފުލުހުންގެ އުޅަނދަކަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. އަދި އެހާދިސާގައި މަރުވި މީހުންނާއި އަނިޔާވި 17 މީހުންގެ ތެރޭގައި ފުލުހުން ހިމެނޭ ކަމަށްވެސް ބެލެވެ އެވެ.

ފުލުހުން މިހާރު ދަނީ އެއީ އިމްޕްރޮވައިޒްޑް އެކްޒްޕްލޯޒިވް ޑިވައިސް (އައިއީޑީ)އަކުން ދިން ހަމަލާއެއްތޯ ނުވަތަ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްތޯ ބަލަމުންނެވެ.

އެހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. މީގެ ކުރިން 2010 ވަނަ އަހަރު ދާތާ ދަރުބާރަށް ދިން ހަމަލާއެއްގައި 42 މީހުން މަރުވި އެވެ.

comment ކޮމެންޓް