ސަމާސާ އަދަބު: އަލަގަހުގެ އަލަނިރު

މަތީ ކޯޓެއްގެ އިސްފަނޑިޔާރެކެވެ.

ބަންދު ދުވަހެއް ކަމުގައިވާތީ ހެނދުނު ވެސް ނިދާލާފައި ތެދުވީ ދިހަގަޑިބައިވަނިކޮށެވެ. ކޮފީބޯންއިންދާ އެންމެ ދޮށީ ފިރިހެންދަރިފުޅު އައީ ބޭރުންނެވެ. އައިސްވަނުމާ އެކު އޭނާ ސުވާލުކުރި އެވެ.

"ދަރިފުޅާ! ކޮންތާކުން؟"

"އަޅުގަނޑަށް މަނާތޯ މިގަޑީގައި ވަކި ތާކުންނޫނީ ބޭރުން އައިސް ވަނުން؟" ދަރިފުޅުގެ މިޖަވާބު އަހާފައި އޭނާއުފާވި އެވެ. އޭނާ ފަދަ މީހެއްގެ ދޮށީދަރިފުޅު މިފަދައިން ޖަވާބުދިނީތީ އެވެ. އެޖަވާބުގައި ހަރުދަނާކަމާއި ވަކާލާތު ކުރުމުގެ ގޮތްހުރީތީ އެފަދަ ބައްޕައެއްގެ ހައިސިއްޔަތުން އެފަނޑިޔާރު ހިތާހިތާ ފަޚުރުވެރިވެލި އެވެ.

އެކަމަކު ހަމަ އެވަގުތު އޭނާގެ މަގާމާ "ބޮޑުކަން" އޭނާ މޮޅުވެލަން މަޖުބޫރުކުރި އެވެ.

"ދަރިފުޅާ! އިސްކޫލުގެ ފިލާވަޅުތައްހަދާ ނިމުނީތަ މިހާރު؟"

"ނޫން."

"ކީއްވެގެން؟"

"ފާޑަކަށް ބޮލުގައި ރިއްސާގޮތެއް ވެފައި ހުރީމަ."

"އެހެން ވީމާ މިހާރުއްސުރެ ގޭގައި ހުރޭ! ހަވީރުގެ ޕާކު ބުރު ވެސް ނޯންނާނެ. އަޑުއިވިއްޖެ؟" ދަރިފުޅު ގޮސްވަނީ މަންމަ އުޅޭ ކޮޓަރި އަށެވެ. އިރުކޮޅަކުން ނުކުމެގެން އައިސް ބައްޕަގެ ކޮފީތަށީ ވަތުތަށި ދަށަށް 50 ޑޮލަރުލާފައި ބައްޕަގެ ކޮނޑުގައި ފިރުމާލި އެވެ. އެއާއި އެކު ކަރުއެލުވާލާފައި އާދޭހުގެ ގޮތަކަށް ބޯހަލުވާލި އެވެ.

"މި ކޯންޗެއް؟"

"ދެން އެއީ އެވަރުކަމަކަށް ނުހަދާ ހަމަޖައްސާލަދީ!"

comment ކޮމެންޓް