ކޭބަލްތަކެއްގައި ރޯވެ ދުންއަރާތީ މޫކައި ސުއިޓުން މީހުން ހުސްކޮށްފި

މޫކައި ހޮޓަލުގެ ލައިޓަކުން ދުން އަރަނީ -- ފޮޓޯ/ ޕޮލިސް

މޫކައި ސުއިޓްސްގެ ދަވަނަ ފަންގިފިލާގައި ހުރި ކަރަންޓު ކޭބަލްތަކެއްގައި ރޯވެ ލައިޓްތަކުން ދުން ނިކުންނާތީ އެ ހޮޓަލުން މީހުން ހުސްކޮށްފި އެވެ.

ޓުއަރިސްޓުންނާއި ދިވެހިން ވެސް ކުއްޔަށް ތިބޭ އެ ހޮޓަލުގެ ހުރިހާ ފްލޯއެއްގެ ލައިޓްތަކުން ވެސް ދުން އަރާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ މުޅި އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މޫކައި ސުއިޓްސްގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މިރޭ 21:48ގައި ސިފައިން އެތަނަށް ގޮސް އަލިފާން ނިވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާރު ވެސް އެ އިމާރާތުގެ ހުރިހާ ފްލޯއެއްގެ ލައިޓްތަކުން ދުން އަރަމުން ދާތީ އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް