ޅައިމަގުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑުގެ ބައެއް ކަނޑު އަޑިން ހޯދައިފި

ށ. ޅައިމަގުގައި ބަޔަކު މޫދަށް އެރެނީ --- ފޮޓޯ/ ޅައިމަގު ކައުންސިލް

ށ. ޅައިމަގުގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާގެ ހަށިގަނޑުގެ ބައިތަކެއް ކަނޑުގެ އަޑިން ހޯދައިފި އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، އެ މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ ޓީމުން އެ މީހާގެ ހަށިގަނޑުގެ ބައިތަކެއް މިއަދުގެ ވަގުތެއްގައި ކަނޑުގެ އަޑިން ހޯދައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހަތަރު ބިދޭސީއަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ބިދޭސީ މީހާގެ ހަށިގަނޑުގެ ބައިތަކެއް ފެނުނީ، ތަހުގީގަށް ހޯދި މައުލޫމާތުގެ އަލީގައި ކަނޑު އަޑީގެ ސަރަހައްދެއް ފުލުހުން ޑައިވްކޮށްގެން ބެލި ބެލުމުގެ ތެރޭގަ އެވެ. ފުލުހުން ބުނީ ފަހުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

އެ ރަށު "ކުރިމަގު" ދޯނީގައި މަސައްކަތް ކުރާ ލުތުފަރު ނަމަކަށް ކިޔާ އެ މީހާ ގެއްލިގެން ހޯދަން ފެށީ، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެވެ. އޭނާގެ ރަހުމަތްތެރިން ތުހުމަތު ކުރި ގޮތުގައި ލުތުފަރު ވަނީ މަރާލައިފަ އެވެ.

comment ކޮމެންޓް