މި އަހަރު ރޯދަ މަހު ސަންއިން ގެނެސްދޭ "އުރީދޫ ބަދިގެ" މި ހާއްސަ ކޮށްލަނީ ތައްޔާރު ކޮށްލަން ފަސޭހަ އަދި ރަހަމީރު ތަފާތު ބާވަތްތަކުގެ ރެސިޕީތަކުންނެވެ. ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަރާތްތަކާއި އަދި ޒުވާން އާ މޫނުތަކާއި އެކު ކޮންމެދުވަހަކުވެސް މުޅީން އާ ރެސިޕީއެއް "ސަން" އިން ފެނިގެންދާނެ އެވެ.
މިގޮތުން މިއަދުގެ ރެސިޕީއަކީ ސޯޝަލް މީޑިއާގައި @mykitchenstorymv ގެ ނަމުން ހަރަކާތްތެރިވާ ޝައުފާ ހުސެއިން ތައްޔާރުކޮށްދިން ރެސިޕީއެކެވެ.
ފެށުމެއްގެ ގޮތުން މި ރެސިޕީ ވެގެންދާނީ ސިއްޚަތަށް ފައިދާހުރި އަދި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނޭ އެއްޗަކަށެވެ.
ބޭނުންވާނޭ ތަކެތި
- 2 މޭޒުމަތީ ސަމްސާ ޗިއާ ސީޑް
- 2 މޭޒުމަތީ ސަމްސާ މާމުއި
- 1/2 ޖޯޑު މެންގޯ ޕިއުރީ (އަނބު ޗަސްކޮށްފައި)
- 1/2 ޖޯޑު އަނބު ކިއުބްކޮށް ކޮށާފައި
- 1 1/2 ކާށި ކިރު ކްރީމް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ޗިއާ ސީޑްތައް ކުޑަ ފެންފޮދެއްގެ ތެރެއަށް ލައި ފޯކޮށްލާށެވެ. އެންމެ ރަނގަޅީ އެއް ރޭ ވަންދެން މިގޮތަށް ބެހެއްޓުމެވެ. އެއަށްފަހު ޗިއާ ސީޑްތަކަށް މާމުޔާއި ކާށި ކިރު ކްރީމްކޮޅު އަޅާލައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ބިއްލޫރި ތައްޓެއްގައި ނުވަތަ ފުޅިއެއްގައި، އަނބުކޮޅާއި ޗިއާ ސީޑްތައް، ފަހަރަކު އެއްޗެއް އަނެއް އެތީގެ މައްޗަށް އަޅާލައި، ލޭޔަރ ކޮށްލާށެވެ. މިފަދައިން މަދުވެގެން ދެ ފަހަރު ތަކުރާރު ކޮށްލާށެވެ. އަދި އެންމެފަހުން ގާނިޝްކޮށްލުމަށްޓަކައި އެންމެ މަތީ ލޭޔާއަށް ކިއުބްކޮށް ކޮށާފައި ހުރި އަނބުކޮޅު އަޅާލާށެވެ.
ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު