އިންޒާރުދިން ޓޫރިސްޓަކު އެއާޕޯޓްގައި ހިފަހައްޓައިފި

ދެ ޓޫރިސްޓަކު އެއާޕޯޓްގައި. -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް މިއަދު އައި ޓޫރިސްޓަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑާ ކޮންޓްރޯލް އޮފިޝަލުންނަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން އޭނާ އެއާޕޯޓްގައި ހިފަހައްޓައިފި އެވެ.

އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު ޖެއްސި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން އައި ޖޯޑަންގެ އެ ފަތުރުވެރިޔާ ހިފަހައްޓަން ޖެހުނީ އޭނާއަށް ވިސާ ޖަހައިދޭން އިމިގްރޭޝަންގެ އޮފިޝަލުން ދެކޮޅު ހެދުމުން، އެ މީހުންނާ އޭނާ ޒުވާބުކޮށް އިންޒާރުދީ ހެދުމުން ކަމަށެވެ.

ފުލުހުން ވެސް ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އެ މީހާ ވަގުތީ ގޮތުން އެއާޕޯޓްގައި ހިފަހައްޓާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސްރީލަންކާއަށް މި މަހުގެ 12 ވަނަ ދުވަހު ދިން ހަމަލާތަކަށް ފަހު ރާއްޖޭގެ ބޯޑަރުގެ ސެކިއުރިޓީ ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް