އެމެރިކާ މީހުން ރާއްޖެ އައުމުގައި ސަމާލުވާން އެންގުނީ އޮޅުމަކުން: އެމެރިކާ

ޖުމުހޫރީ މައިދާން ސަރަހައްދުގައި ފަތުރުވެރިން ތަކެއް: އެމެރިކާ ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެދި ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އަކީ ކުރީގެ މައުލޫމާތުތަކަށް ބިނާކޮށް ނެރުނު އެއްޗެއް ކަމަށް ދެ ގައުމުން ވަނީ ބުނެފައި ----

ރާއްޖޭގައި ޓެރެރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ޓްރެވަލް އެޑްވައިޒަރީ އަކީ ކުރީގެ މައުލޫމާތުތަކަށް ބިނާކޮށް ނެރެފައިވާ އެއްޗެއް ކަމަށް އެ ގައުމުން ސްރީ ލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ވިދާޅުވެއެޖެ އެވެ.

އެމެރިކާފެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެގެ ތާރިހުގައި ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއާ ގުޅިގެން އެގައުމުގެ އެމްބަސީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އޭގައި ސައްހަ ނޫން މައުލޫމާތު ހުރުމުން އެކަން އިސްލާހު ކުރާނެ ކަމަށް އެމްބަސީން ބުނެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ޝަހީދުގެ ޓްވީޓް ރިޓްވީޓް ކުރައްވައި އެލައިނާ ވިދާޅުވީ، ކުރީގެ ޓްރެވެލް އެޑްވައިޒަރީއެއް ނެރެވިފައިވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމެރިކާ އިން ރާއްޖެ އަށް އެންމެ ފަހުން ޓްރެވަލް އެޑްވައިޒަރީ އެއް ނެރުނީ ޖެނުއަރީ 2018ގެ ތެރޭގަ އެވެ. އޭރު އެޑްވައިޒަރީ ނެރުނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވުމާ ގުޅިގެން އެވެ. އެއަށް ފަހު ރާއްޖެއާ ގުޅޭ ގޮތުން އާ އެޑްވައިޒަރީއެއް ނެރެފައެއް ނުވެ އެވެ.

comment ކޮމެންޓް