ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީ އަށް 45 މިލިއަން ރުފިޔާގެ ގެއްލުމެއް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެކުންފުނީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެމްޓީސީސީ އިން ވަނީ 210 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެމްޓީސީސީ އިން ކުރި ވިޔަފާރި އުޅެނީ 377 މިލިއަނުގަ އެވެ.

ކުންފުނީގެ ހިންގުން ފުރަތަމަ ކުއާޓަރުގައި ކުރިއަށް ގެންގޮސްފައި ވަނީ 34 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ. އެމްޓީސީސީ އަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުންފުނިން ދެމުންދާ އާންމު ދަތުރު ފަތުރުގެ ހިދުމަތުންނެވެ. މިކަން ފޫބެއްދުމަށް އެކުންފުނިން މިހާރު ވަނީ ޗާޓާ ޓްރާންސްޕޯޓުގެ ހިދުމަތް ފުޅާ ކޮށްފަ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީީސީސީ އަށް ގެއްލުން ވެފައިވާ އިރު، އެ މުއްދަތުގައި އެކުންފުނިން ވަނީ 22 ކޮންސްޓްރަކްޝަން ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން 12 ޕްރޮޖެކްޓެއް ނިންމާލާފައިވާ އިރު، ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އިތުރު ހަ ޕްރޮޖެކްޓު އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީ އަށް ވަނީ ހަވާލު ކޮށްފަ އެވެ.

comment ކޮމެންޓް