ސީރިއާގައި ތިބި ކަމަށް ބުނާ ދިވެހީންގެ ލިސްޓުގެ ސައްހަކަން މިދަނީ ބަލަމުން: ހަމީދު

ސީޕީ މުހައްމަދު ހަމީދު -- ފޮޓޯ: ޕޮލިސް

ސީރިއާގައި ތިބި ދިވެހީން ކަމަށް ބުނެ މީސް މީޑިއާގައި އާންމުވެފައިވާ މީހުންގެ ލިސްޓުގެ ސައްހަކަން ބަލަމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިރޭ "ސަން" އަށް ވިދާޅުވީ އެފަދަ ލިސްޓެއް މީސް މީޑިއާގައި އާންމުކުރުމަކީ ފުލުހުން ގަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.

އެފަދަ ބައެއްގެ ނަންތައް ހާމަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވަނީސް ފުލުހުން ހާމަނުކުރާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

"މީސް މީޑިއާގައި މިހާރު އާންމުވެފައިވާ ލިސްޓަކީ ސައްހަ ލިސްޓެއްތޯ ފުލުހުން މިގެންދަނީ ބަލަމުން،" ހަމީދު ވިދާޅުވިއެވެ.

އެލެކްސް އަހްމަދު ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުން ރޭ ވަނީ ސީރިއާގައި އުޅޭ ދިވެހީން ކަމަށް ބުނެ 33 މީހުންގެ ލިސްޓެއް އާންމުކޮށްފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން އެކަންޏެވެ.

comment ކޮމެންޓް