ރޯދަ މަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން ސަރުކާރުން މަސައްކަތް ކުރަނީ

މާލޭގެ ފިހާރައަކުން ކާޑުގެ ބާވަތްތައް ގަނެގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަޕްލައި އިތުރުކޮށްގެން ތަކެތީގެ އަގު ކުރިއަށް އޮތް ރަމަޟާން މަހު އެއްވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ މުދަލުގެ ސަޕްލައި އިތުރުކޮށްގެން އެތަކެތީގެ އަގު ވަކި ވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް "ސަން"އަށް ވިދާޅުވި ގޮތުގައި، ސަޕްލައި އިތުރުކޮށްގެން ކާޑުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އަދި މޭވާ ފަދަ ތަކެތީގެ އަގުވެސް އެއްވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރާނެ އެވެ.

ރަމަޟާން މަހަކީ އާންމުކޮށް ކާޑާއި، ތަރުކާރީ އަދި މޭވާ ފަދަ ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ.

comment ކޮމެންޓް