އަމީނިއްޔާގެ އަލިމަސް ފުޓުބޯޅަ މެޗު ފަސްޓްލޭޑީ ބައްލަވާލައްވައިފި

އަމީނިއްޔާ ސްކޫލުން ބޭއްވި ފުޓްބޯޅަމެޗު ފަސްޓްލޭޑީ ޝަރަފްވެރިކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

އަމީނިއްޔާ ސްކޫލުގެ 75 ވަނަ އަހަރީ ފާހަގަ ކުރުމަށް މިރޭ ކުޅުނު ފުޓްބޯޅަމެޗު ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.

ގަލޮޅު ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެސްކޫލުގެ އިސްދަރިވަރުން ހިމެނޭ ދެ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލު ކުރީ އަމީނިއްޔާގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމަކާއި އެ ސްކޫލުގެ ފިރިހެން ޓީޗަރުންގެ ޓީމެކެވެ.

މިރޭގެ މެޗުތަކުގައި ކުޅުނު ޓީމުތަކުގެ ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާއެވެ.

އަމީނިއްޔާގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށް މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ރާވައިފައެވެ. އަމީނިއްޔާ އަށް 75 އަހަރު ފުރޭނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.

comment ކޮމެންޓް