ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ

ތިނަދޫގައި އެކްސިޑެންޓުވި ސައިކަލް ---

ގދ. ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:20 ހާއިރު ތިނަދޫ ޗާންދަނީމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީ ޕާކުކޮށްފައި އޮތް ޕިކަޕެއް ދުއްވާލި ވަގުތު އެ ޕިކަޕުގެ ފުރޮޅުގައިޖެހި، ކޮންޓްރޯލު ނުވެގޮސް، ފާރެއްގައިޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 20 އަހަރުގެ ފިރިހެންމީހާ އަށާއި ފަހަތުގައި އިން 22 އަހަރުގެ މީހާ އަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސައިކަލު ދުއްވަން އިން މީހާގެ ބޮލުގެ ކަނާތްފަރާތުން ފަޅައިގެންގޮސް ކަނާތު ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިންދައިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާ ގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ސައިކަލުދުއްވަން އިނީ ލައިސެންސް އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ސައިކަލުގެ ފަހަތުގައި އިންމީހާގެ މޫނުމަތިން ހަން މަށައިގެން ގޮސްފައިވާ ކަމަށާއި އެދެމީހުންނަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް