ކްރައިސްޓް ޗާޗުގައި ހުންނަ އައްނޫރު މިސްކިތަށް ޕްރިންސް ވިލިއަމްސް ޒިޔާރަތް ކުރައްވައިފި

ޕްރިންސް ވިލިއަމްސް ކްރައިސްޓްޗާޗުގައި ހުންނަ އަލް ނޫރު މިސްކިތަށް ޒިޔާރަތް ކުރެއްވުން --

ނިއުޒިލެންޑުގެ ކްރައިސްޓް ޗާޗުގައި ހުންނަ އައްނޫރު މިސްކިތަށް ޕްރިންސް ވިލިއަމްސް ޒިޔާރަތް ކުރައްވައިފިއެވެ.

އައްނޫރު މިސްކިތަކީ މާޗު 15 ވަނަ ދުވަހު ކްރައިސްޓް ޗާޗުގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާދިން މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. އެދުވަހުގެ ހުކުރު ވަގުތު މުސްލިމުން ހުކުރު ނަމާދަށް ތިއްބައި ބަޑީގެ ހަމަލާތަކެއްދީ 50 މީހުން މަރާލާފައި ވެެއެވެ.

ޕްރިންސް ވިލިއަމްސް ވަނީ އައްނޫރު މިސްކިތުގެ އިމާމު ޖަމާލްއާވެސް ބައްދަލު ކުރައްވައިފައެވެ. ޕްރިންސް ވިލިއަމްސް ވިދާޅުވީ އައްނޫރު މިސްކިތުގައި ދިން ހަމަލާއަކީ ނިއުޒިލެންޑް ފަދަ އެއްބައިވަންތަ ތަނެއް ބައިބައި ކޮށްލުމަށް ދިން ހަމަލާޢެއް ކަމަށެވެ.

ޕްރިންސް ވިލިއަމްސް އާއެކު ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވެސް ވަނީ އައްނޫރު މިސްކިތަށް ޒިޔާރަތް ކުރައްވައިފައެވެ.

އެދުވަހުގެ ހަމަލާ ދިން ސަރަހައްދުގައި ހުންނަވައި ޕްރިންސް ވިލިއަމްސް ވިދާޅުވީ އެ ހަމަލާއަކީ ސިފަކޮށްދޭންވެސް އުނދަގޫ ހަމަލާއެއް ކަމަށެވެ.

ޕްރިންސް ވިލިއަމްސް ވަނީ ކްރައިސްޓް ޗާޗު ހަމަލާގައި ސަލާމަތްވި އުމުރުން ފަސް އަހަރުގެ ކުއްޖަކާވެސް ބައްދަލު ކުރައްވައިފައެވެ.

comment ކޮމެންޓް