އަގުބޮޑު އިނާމުތަކާއެކު މިފްކޯއިން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށަނީ

މިފްކޯ މަސްފިހާރައިގައި ފަސްމީރު މަސްދަޅުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

'ފަސްމީރު ރޯދަ ބައިވެރިޔާ' ގެ ނަމުގައި އަގު ބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށަން މިފްކޯއިން ތައްޔާރުވެއްޖެ އެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 48 ދަޅު ހިމެނޭ ތެޔޮ މަސް (ޗަންކްސް އިން އޮއިލް) ކޭހެއް ގަތުމުން ލިބޭ ކޫޕަން ފުރުމަށް ފަހު މާލެ އަދި ހުޅުމާލޭގައި ހުންނަ މިފްކޯ މަސްފިހާރަ ތަކަށް ހުށަހަޅައިގެން ކަމަށް މިފްކޯއިން ބުނެ އެވެ.

48 ދަޅުގެ ކޮންމެ މަސް ކޭހަކަށް ލިބޭނީ އެއް ކޫޕަނެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 27 އޭޕްރީލް 2019 އިން ފެށިގެން ތިނެއް ޖޫން 2019 ގެ ނިޔަލަށް ކަމަށް މިފްކޯއިން ބުންޏެވެ.

ފަސްމީރު ރޯދަ ބައިވެރިޔާގެ އިނާމުތައް

  • (އެއްވަނަ އިނާމު) - އެއްފަރާތަކަށް އުމްރާ ދަތުރެއް
  • (ދެވަނަ އިނާމު) - އެއްފަރާތަކަށް ތައިލޭންޑް ދަތުރެއް (ދެކޮޅު ޓިކެޓް، ހުރުމާއި އެކު)
  • (ތިންވަނަ އިނާމު) - އެއްފަރާތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ މަސްކޭސް

މާލެ އަދި ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަ ތަކުގައި ކުރިއަށްދާ އެ ޕްރޮމޯޝަނުގެ މައުލޫމާތު މިފްކޯގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް