އިންފުލުއެންޒާ ވެކްސިން ޖެހުމަށް ޓްރީޓޮޕްއިން ހާއްސަ ޑިސްކައުންޓެއް

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރުގެ "ވޯލްޑް އިމިއުނައިޒޭޝަން ވީކް" އާ ގުޅިގެން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ހާއްސަ ޑިސްކައުންޓެއް ޓްރީޓޮޕްއިން ދޭން ނިންމައިފިއެވެ.

އިންފުލުއެންޒާ ވެކްސިންއަކީ ރޯގާހުމަށް ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިންއެކެވެ.

އެ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން އިންފްލުއެންޒާ ފްލޫ ވެކްސިން %10 ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އިންފްލުއެންޒާ ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިންގެ ހިދުމަތް، ބޮޑެތި މީހުންނާއި ކުޑަކުދިންނަށްވެސް ލިބިގެންދާނެކަމަށް ޓްރީޓޮޕްއިން ބުންޏެވެ.

އެ ވެކްސީންއަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ޖެހޭ ވެކްސިންއަކަށްވާތީވެ، ޓްރީ ޓޮޕް ހޮސްޕިޓަލްއިން ވެކްސިންޖަހަން ބޭނުންވާ ފަރާތްތަކަށް އާންމު ބަލިތަކުގެ ޑޮކްޓަރުގެ އެސެސްމެންޓް ހިލޭ ހެދޭނެ ނިޒާމެއް ހަމަޖައްސައިފައިވާ ކަަމަށް ޓްރީޓޮޕުން ބުންޏެވެ.

ވެކްސިން ޖެހުމުގެ ހިދުމަތް ހެނދުނު 09:30 އިން ހަވީރު 05:00 ޖަހަންދެން ކުރިއަށްދާނެ ކަމަށް ޓްރީޓޮޕްއިން ބުންޏެވެ.

comment ކޮމެންޓް