އައްޑޫގައި ހުރި ފްލެޓުތައް ހައުސިން މިނިސްޓަރު ބައްލަވާލައްވައިފި

ހައުސިން މިނިސްޓަރު ހިތަދޫ ހައުސިން ޔުނިޓުތައް ބައްލަވާލައްވަނީ -- ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީ ހިތަދޫ ގައި އަޅާފައިވާ ފްލެޓުތަކުގެ ހާލަތު ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ބައްލަވާ ލައްވައިފިއެވެ.

މިނިސްޓަރު މިހާރު އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހައުސިން އާ ގުޅޭ ކަންކަމުގައި ކައުންސިލާއި ކަމާބެހޭ މުވައްސަސާތަކާއެކު މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން ހުޅުމީދޫ ހައުސިން ޔުނިޓުތައްވެސް މިނިސްޓަރު މިއަދު ވަނީ ބައްލަވާލައްވައިފައެވެ.

އައްޑޫގައި ހުރި ހައުސިން އާ ގުޅުން ހުރި މަޝްރޫއުތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާވެސް މިއަދު މިނިސްޓަރު އާތިފާ މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުގައި ފޭދޫ ހައުސިން ޔުނިޓުތައްވެސް މިނިސްޓަރު ބައްލަވާ ލައްވާނެއެވެެ.

މިނިސްޓަރު އާތިފާގެ ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް