ފެހެންދޫ ކުދިން ސްކޫލަށް ދާން އުފުލާ ދަތި ރައީސްއާ ހިއްސާކޮށްފި

ފެހެންދޫ ކައުންސިލުން ރައީސާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ބ. ފެނެހްދޫ ސްކޫލުގެ ދަރިވަރުން ސްކޫލަށް ދިއުމަށް އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައި ނެތުމުން، ކުދިންނަށް ދިމާވާ ދަތިތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރަށު ކައުންސިލުން ހިއްސާ ކޮށްފި އެވެ.

ފެހެންދޫ ސްކޫލުގެ ދަރިވަރުން ކޮންމެ ދުވަހަކުވެސް ސްކޫލަށް ދަނީ ޑިންގީ އެއްގައި އެއަތޮޅު ގޮއިދޫ އަށެވެ.

ފެހެންދޫ ކައުންސިލުން މިއަދު ރައީސް އާ ބައްދަލު ކުރައްވާ ރަށުގައި ހުރި ދަތިތަކުގެ ވާހަކަ ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ރަށުގެ ބަނދަރު ނެތުމުން ދިމާވާ ދަތިތަކާއި ރަށުގައި ރަނގަޅު ފެންވަރުގެ މިސްކިތެއް ނެތުމުން ދިމާވާ ދަތިތައް ވަނީ ރައީސްއާ ހިއްސާ ކޮށްފަ އެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ފުއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ފެހެންދޫ ކައުންސިލުން އެދުނު ކަންތައް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް