އޮޔާދިޔަ ޗައިނާގެ ފަތުރުވެރިޔަކު ޑައިވިން ދޯންޏަކުން ސަލާމަތްކޮށްދީފި

ކ. ގުރައިދޫ

ކ. ގުރައިދޫ އާ އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ލޮސްފުށީގެ ފުއްޓަރާ ދިމާލަށް އެކަނި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ޗައިނާގެ ފަތުރުވެރިޔަކު ކަނޑޫމާ ރިސޯޓުގެ ޑައިވިން ދޯންޏަކަށް ނަގައިފި އެވެ.

ފުލުހުން ބުނީ މިރޭ 18:29 އެހައިކަންހާއިރު، ކަނޑޫމާ ރިސޯޓުގެ ޑައިވިން ދޯންޏަކަށް ނަގައިގެން އުމުރުން 28 އަހަރުގެ އެ ފިރިހެން ފަތުރުވެރިޔާ ގެންގޮސްފައިވާ ކަމަށެވެ.

"ޑައިވިން ދޯންޏަށް ފަތުރުވެރިޔާ ނަގަން އުޅުމުން އޭނާ ދެކޮޅު ހަދާފައިވޭ. ނަމަވެސް ޑައިވިން ދޯނި އޭނާ އެގޮތަށް ދޫކޮށްލާފައި ނުދާނެ ކަމަށް ބުނުމުން ދޯންޏަށް އަރާފައިވޭ،" ފުލުހުން ބުންޏެވެ.

ދޯންޏަށް އެރިއިރު އެ ފަތުރުވެރިޔާގެ ނޭވާ ކުރުވެ، ވަރުބަލިވެފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މޫދުގައި އެ ފަތުރުވެރިޔާ އޮތީ ލައިފްޖެކެޓް އަޅައިގެންނެވެ.

އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ކަނޑޫމާ ރިސޯޓަށް ގޮސް ފަތުރުވެރިޔާއާ ސުވާލުކޮށް، އޭނައާ އެކު ގުރައިދޫގައި ހުންނަ ގެސްޓު ހައުސްއަށްގޮސް އެތަނުގެ މެނޭޖްމަންޓާ ވާހަކަ ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް