ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދިދަ ބައިދަނޑިއަށް

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި -- ފޮޓޯ: ފޮރިން މިނިސްޓަރު/ ޓްވިޓާ

އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވި ހާދިސާ އާއި ގުޅިގެން ލަންކާ ގައި ހުންނަ ދިވެހި އެމްބަސީގެ ދިދަ ބައިދަނޑި އަށް ތިރިކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާ އަށް ކުރިމަތިވި ހިތަމާގައި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށާއި އެގައުމުގެ ހިތާމާގައި ދިވެހިން ބައިވެރިވާ ކަމަށެވެ.

ދިވެހިންވެސް ގިނަ އަދަދަކަށް އުޅޭ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ. އެ ހާދިސާތަކާ ގުޅިގެން މިއަދަކީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ލަންކާ ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ބޮމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 320 އަށް އަރާފައިވާއިރު 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ލަންކާގެ އަށް ސަރަހައްދެއްގައި ބޮން ގޮއްވާލި ހާދިސާތަކާ ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު އެގައުމުގެ ސަލާމަތީ ކަންތައް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް