ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭ އިސްލާހު ތަސްދީގު ކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ގެނައި އިސްލާހު އުވާލައި ބިން މިލްކު ނުކުރެވޭ ގޮތަށް މަޖިލީހުން ގެނައި ބަދަލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހު ތަސްދީގު ކުރެއްވުމާއެކު ސަރުކާރުގެ ގެޒެޓުގައި ވަނީ އިސްލާހު ޝާއިއު ކޮށްފަ އެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދަގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ކަމަށެވެ.

އެ މާއްދާގެ (ށ) އަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް 251 ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް (ހ)އަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގަ އެވެ. އެ އިސްލާހު އުވާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

މިއާއެކު ގާނޫނު އަސާސީގެ 15 ވަނަ ބާބު ވަނީ އުވިފަ އެވެ.

comment ކޮމެންޓް