ދެއްވަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި

ދެއްވަދޫގައި މިއަދު ހުޅުވި މަސްޖިދުލް އަލް ހާފިޒް އާދަމް ސައީދު މިސްކިތް ---

ގއ. ދެއްވަދޫގައި 700 ޖާގައިގެ މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެއް ހުޅުވައިފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ބިންގާ އެޅި މަސްޖިދުލް އަލް ހާފިޒް އާދަމް ސައީދު މިސްކިތް ހުޅުއްވައި ދެއްވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

ކުރިން މަސްޖިދުލް ސަމާހަތު ހުރި ބިމުގައި އަލަށް ހެދި އެ މިސްކިތަށް ނަން ދީފައިވަނީ އެ ރަށުގެ ހާފިޒަކަށް ނިސްބަތްކޮށެވެ. އެގޮތުން އެ ރަށަށް ނިސަބްތްވާ އަލް ހާފިޒު އާދަމް ސައީދަކީ ރާއްޖެއިން ދެވަނައަށް ހާފިޒު ކަމުގެ ސަނަދު ހޯއްދެވި ބޭފުޅާ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ދެއްވަދޫގައި މިއަދު މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ ---

ދެއްވަދޫގެ ކުންފުންޏެއް ކަމަށްވާ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރި އެ މިސްކިތުގައި އެ ކުންފުނީގެ އަމިއްލަ ހަރުދުގައި ވަނީ އޭސީ ހަރު ކޮށްދީފަ އެވެ.

comment ކޮމެންޓް