އިންޑިއާ ދަތުރުފުޅު ނިންމަލާވެއްލުވަށް ފަހު ރައީސް މާލެ ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިއަދު މާލެ ވަޑައިގަތުމުން ނައިބް ރައީސް ފައިސަލް ނަސީމް މަރުހަބާ ދަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަލާވެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ އެއް ދުވަހުގެ އެ ދަތުރުފުޅަކީ، އިންޑިއާގެ ކްރިކެޓް ބޯޑުގެ ދައުވަތަކަށް (އައިޕީއެލް)ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ރާއްޖޭގެ ކްރިކެޓް ތަރައްޤީކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ރާއްޖޭގައި ބިނާކުރާ ކްރިކެޓް ސްޓޭޑިއަމްއާ ގުޅޭ ގޮތުން އިންޑިޔާގެ ކްރިކެޓް ބޯޑާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ވެސް ރައީސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

comment ކޮމެންޓް