އިއްޔެ ބޮން ގޮއްވި ޝަންގްރިއްލާ ހޮޓެލް ބަންދުކޮށްފި

ޝަންގްރިއްލާ ހޮޓެލް: އިއްޔެ ބޮން ގޮއްވާލި އެ ހޮޓެލް ވަނީ ބަންދުކޮށްފައި --- ސަން ފައިލް ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

އިއްޔެ ލަންކާގައި ހިނގައިދިޔަ ސިލްސިލާ ބޮން ގޮއްވުމުގެ ހަމަލާތަކުގައި ބޮމެއް ގޮއްވާލި ޝަންގްރިއްލާ ހޮޓެލް ބަންދުކޮށްފި އެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި އިއްޔެ ބޮން ގޮއްވުމުގެ ހަމަލާތަކެއް ދީފައިވާއިރު، ޝަންގްރިއްލާ ހޮޓާލާއެކު ތިން ހޮޓަލެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފަ އެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޝަންގްރިއްލާ ހޮޓެލް ބަންދުކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ލަންކާގައި އިއްޔެ ހިނގައިދިޔަ ހަމަލާތަކުގައި މިހާތަނަށް 290 މީހަކު މަރުވެފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު 500 އާ ގާތްކުރެއެވެ.

ރަންކާގައި އިއްޔެ ހަމަލާތަކަށް ގުޅިގެން ކާފިއު އިއުލާންކުރި އިރު މިއަދު ހެނދުނު ވަނީ ވާނީ ނަގާފައެވެ. ނަމަވެސް ސަލާމާތީ ފިޔަވަޅު އެޅުމަށްޓަކައި އެގައުމުގެ ސަރުކާރުން ވަނީ މިރޭ 8:00 އިން މާދަމާ ފަތިހު 4:00އާ ހަމައަށް ކާފިއު ހިންގާނެ ކަމަށް އިއުލާން ކޮށްފައެވެ.

ލަންކާގައި އިއްޔެ ހިނގައިދިޔަ ހަމަލާތަކަކީ، މީގެ ނުވަ އަހަރު ކުރިން އެގައުމުގައި ހިނގައި ދިޔަ އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

comment ކޮމެންޓް