ބީއެމްއެލް ވާއު ކިޑްސްރަން މިއަހަރު ބްލީ ކުރުމާ ދެކޮޅަށް

މީގެ ކުރިން ބޭއްވި ވާއު ކިޑްސް ރަންގެ ދުވުމުގެ ތެރެއިން. -- ފޮޓޯ | ބީއެމްއެލް

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓީއެފްޖީ އާއި ގުޅިގެން ބާއްވަމުން އަންނަ ވާއު ކިޑްސް ރަންގެ ތެރެއިން މިއަހަރު އޮތް އެންމެ ހާއްސަ ކަމަކީ ބުލީ ކުރުން ނުވަތަ ހަނގާ ކުރުމާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ފައިސާ ހޯދުމެވެ.

މި ހަރަކާތަށް އެހީވުމުގެ ފުރުސަތު ދުވުމުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށާއި އެކުއްޖާގެ އާއިލާގެ މެންބަރުންނަށް އަދި ރަހުމަތްތެރިންނަށް ވެސް އެބައޮތެވެ. ބުލީ ކުރުމަކީ މުޖުތަމައުގައި މިހާރު އެންމެ އާންމު އެއް މައްސަލައަށް ވާއިރު، އެކަމާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ވާއު ކިޑްސް ރަންގައި ބައިވެރިވާ ކުދިންނަށް ފަންޑް ރެއިޒް ކުރެވޭނެ އެވެ. މި މާތް މަގުސަދަށް ފައިސާ ހަދިޔާ ކުރަން ހަދާނީ ކިހިނެއް ހެއްޔެވެ؟

ފަންޑް ރެއިޒް ކުރުމަށް ވެބްޕޯޓަލްގައި ރެޖިސްޓްރީވޭ!

މި ހަރަކާތަށް ފައިސާ ހަދިޔާ ކުރުމަށް އެކަމަށް ހާއްސަ ވެބް ޕޯޓަލް އަށް ސައިން އަޕް ވެލާށެވެ. ދުވުމުގައި ބައިވެރިވާ ކުއްޖާ އާއި ބެލެނިވެރިޔާގެ މައުލޫމާތު ފުރާލުމަށްފަހު، ލޮގްއިން ވެލާ، ފަންޑް ރެއިޒިން ޕޭޖް ކްރިއޭޓް ކޮށްލާށެވެ. މި ޕޭޖު އެޕްރޫވް ވުމުން ބޭންކުގެ ފަރާތުން ބެލެނިވެރިޔާ އަށް އެސްއެމްއެސް އެއް ލިބޭނެ އެވެ. މި ޕޭޖު މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ވެސް ފައިސާ ހަދިޔާ ކުރެވޭނެއެވެ. 2000 ރުފިޔާގެ ލިމިޓް ހަމަވުމުން އެކަން އަންގައިދޭ ބެޖެއް ކުއްޖާގެ ފަންޑް ރެއިޒިން ޕޭޖުން ފެންނާނެ އެވެ. މިއަހަރުގެ ވާއު ކިޑްސް ރަންގައި 1200 ފަރާތަކަށް ޖާގަ ދޭން ނިންމާފައިވާއިރު ހަތަރު އުމުރުފުރާ އަކުން ދުވުމުގައި ކުދިން ބައިވެރިކުރެވޭނެ އެވެ. މިހާތަނަށް 60 އަށް ވުރެ ގިނަ ކުދިން މިވަނީ ޕްރޮފައިލް ހަދައި 66000 އަށް ވުރެ ގިނަ ފައިސާ އެއްކޮށްފައެވެ.

މި ޕްލެޓްފޯމް އާ ބެހޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ " ބީއެމްއެލް އިން މި ފަންޑް ރައިޒިންގ ޕްލެޓްފޯމް ގާއިމްކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ވާއު ކިޑްސް އަށް ރަޖިސްޓްރީކޮށްފައިވާ ކުދިންގެ ތެރެއިން މުހިންމު އިޖްތިމާއީ ހަރަކާތަކަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން. މިއަހަރުގެ ފަންޑު ރެއިޒްކޮށްގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އާކް ޖަމިއްޔާ އިން ކުރިއަށް ގެންދާ ބުލީ ކުރުމާ ދެކޮޅު ކެމްޕޭން –'ބީޓް ބުލީން' އަށް. މިގޮތުން ރަޖިސްޓްރީ ވާ ކޮންމެ ކުއްޖަކަށްވެސް ވަރަށް ފަސޭހަކަމާއެކު ޕްރޮފައިލް އެއް ތައްޔާރުކޮށްގެން، މި ޕްލެޓްފޯމް މެދުވެރިކޮށް 2،000ރ. އާ ހަމައަށް ފަންޑު ރެއިޒް ކުރެވޭނެ."

ޓީއެފްޖީއާ ގުޅިގެން ބީއެމްއެލް އިން ކުރިއަށް ގެންދާ "ވާއު ކިޑްސް ރަން" ދުވުމުގައި ބައިވެރިވާ ކުދިން ހޯދާ ފައިސާއިން ބުލީ ކުރުމާ ދެކޮޅަށް ކުރާ މަސައްކަތަށް އެފަސާ ހަދިޔާ ކުރުމަށް ބީއެމްއެލް އިން ނިންމާފައިވަނީ މިއީ މުޖުތަމައުގައި މިހާރު އެންމެ އާންމު އެއް މައްސަލައަށްވެފައި މި މައްސަލައަށް އެޑްރެސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިގެން އެވެ.

އާކް އިން ދަނީ ބުލީ ކުރުމާ ދެކޮޅަށް މިހާރުވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އާކްގެ މެނޭޖިން ޑިރެކްޓަރު މުރުތަލާ މޫސާ ވިދާޅުވީ ބުލީ ކުރުމާ ދެކޮޅަށް އެ ޖަމްއިއްޔާއިން ހިންގާ ހަރަކާތްތައް މާލޭގެ އިތުރުން އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ބުލީ ކުރުމާ ދެކޮޅަށް ޓީޗަރުން ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ސްކޫލު ކުދިންވެސް މިކަމާ ދެކޮޅަށް ހޭލުންތެރި ކުރަން ވަނީ ނިންމައިފައެވެ.

ކެޕްޝަން..

ފަންޑް ރެއިޒިން އިން ލިބޭ ފައިސާ ބުލީގެ ޝިކާރައަކަށްވާ ކުދިން ބާރުވެރިކޮށް ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށްވެސް ހޭދަކުރާނެ އެވެ.

ވާއު ކިޑްސް ރަން އަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި އަހަރު ދުވުމުގައި ކޮންމެ އުމުރު ފުރާ އަކުން 300 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު އެންމެ އުމުރުފުރާ އެއް ފިޔަވާ ހުރިހާ އުމުރުފުރާއެއްގެ ޖާގަ މިހާރުވަނީ ފުލްވެފަ އެވެ.

comment ކޮމެންޓް