ނިހާން ޕީއެންސީއަށް ސޮއިިކުރައްވައިފި

ނިހާން ޕީއެންސީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ނިހާން

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފިއެވެ.

ނިހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން އޭނާއަކީ ޕީއެންސީގެ މެމްބަރެއް ކަމަށެވެ.

ނިހާން ޕީއެންސީއަށް ސޮއި ކުރެއްވިއިރު، ދާދި ފަހުން އޭނާ ވަނީ ޕީޕީއެމްގައި މިހާރު ފެއިލްވެފައި އޮތް ލީޑާޝިޕް އިސްތިއުފާ ދިނުމަށްފަހު އާ ލީޑާޝިޕަކަށް ޖާގަދިނުމަށް ގޮވާލައްވައިފައެވެ.

ނިމިގެން ދިޔަ އިންތިހާބުގައި ޕީޕީއެމާއި ޕީީީއެންސީ ކޯލިޝަނަށް ވަނީ ބޮޑު ނާކާމިޔާބެއް ލިބިފައެވެ. އިންތިހާބުގައި ޕީޕީއެމްއަށް ފަސް ގޮނޑި ކާމިޔާބު ކުރެވުނުއިރު ޕީއެންސީއަށް ލިބިފައިވަނީ ތިން ގޮނޑިއެވެ.

ނިހާން ވިދާޅުވީ ޕީޕީއެމަށް ބޮޑު ނާކާމިޔާބީއެއް ލިބުނީ ދުރާލައި އެކަށީގެންވާ ގޮތަށް ތައްޔާރުވުމުން ކަމަށެވެ. އަދި ގިނަ ގޮނޑިތައް ކާމިޔާބުނުވީ ޕީޕީއެމް ފިކުރުގެ ގިނަ ކެންޑިޑޭޓުން އެއް ދާއިރާއަކަށް ވާދަކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެމްގެ މިލްކިއްޔާތާމެދު ގޮތެއް ނުނިމި ލަސްވެެ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ ފެބްރިއަރީމަހުއެވެ.

ޕީއެންސީގެ ވަގުތީ ރައީސްގެ ގޮތުގައި މިހާރު ހުންނަވަނީ އެ ޕާޓީގެ ފައުންޑާ އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވައި މަގާމްތަކަށް މީހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް