ޓްރަމްޕް ހީކުރެއްވީ ލަންކާގައި މަރުވީ 100 މިލިއަން މީހުން ކަމަށް

ޓްރަމްޕް: އޭނާ ހީކުރެއްވީ ލަންކާގައި މަރުވި މީހުންގެ އަދަދު 100 މިލިއަނަށް އަރާފައިވާ ކަމަށް -- ފޮޓޯ/ އޭޕީ

އަވައްޓެރި ސްރީލަންކާގައި މިއަދު ހިނގި ބޮން ގޮއްވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕަށް އޮޅިވަޑައިގެންފި އެވެ.

މިއަދު މެންދުރު ޓްރަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގެ ބޮން ގޮވުމުގެ ހަމަލާގައި 100 މިލިއަނެއްހާ މީހުން މަރުވެފައިވާ ކަމަށެވެ.

ލަންކާގައި ހިނގަމުންދާ ބޮން ގޮވުމުގެ ހަމަލާގެ ސަބަބުން ޓްރްޕް ހަމްދަރުދީގެ ފާޅުކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެ ހަމަލާގައި މަދުވެގެން 138 މިލިއަނެއްހާ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށާއި ޒަހަމްވި މީހުންގެ އަދަދު 600 މީހުންނަަށް ވުރެ ގިނަ ކަމަށެވެ. އަދި ލަންކާއަށް އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެސް ޓްރަޕް ކުރެއްވި ޓްވީޓްފައި ލިޔުއްވި އެވެ.

ލަންކާގެ ހަމަލާގައި 130 މިލިއަނެއްހާ މީހުން މަރުވެފައިވާ ކަމަށް ޓްރަޕް ފުރަތަމަ ޓްވީޓް ކުރެއްވި އިރު، ލަންކާގެ އާބާދީއަކީ 21 މިލިއަނެއްހާ މީހުންނެވެ.

ޓްރަމްކުރި ޓްޥީޓް ގެ ސްކްރީން ޝޮޓެއް --

ޓްރަމްޕް ވަނީ ފަހުން އެ ޓްވީޓް ފުހެލައިފަ އެވެ. އަދި ފަހުން ޓްރަމްޕް ވަނީ އެ ޓްވީޓް އިސްލާހުކޮށްފަ އެވެ.

ޓްރަޕް އެގޮތަށް ވިދާޅުވިއިރު، މިއަދު މެންދުރު 3:30 ވީއިރު، ލަންކާގައި ހިނގަމުންދާ ހަމަލާގައި މަރުވި މީހުންގެ އަދަދަކީ، 190 މީހުންނެވެ. ޒަހަމްވި މީހުންގެ އަދަދަކީ 450 މީހުންނެވެ.

comment ކޮމެންޓް