ވޯލްޑް ޓްރެވަލް އެވޯޑުގެ ހަތް ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން---- ފޮޓޯ/ އެމްއެމްޕީއާރުސީ

ވޯލްޑް ޓްރެވަލް އެވޯޑްސް 2019 ގެ ހަތް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައިދޭ އެންމެ ޝަރަފްވެރި އެވޯޑަށް ރާއްޖެ ނޯމިނޭޓުވެފައިވާ ކެޓަގަރީ ތަކަކީ:

  • އިންޑިއަން އޯޝަންސް ލީޑިން ބޯޗް ޑެސްޓިނޭޝަން 2019
  • އިންޑިއަން އޯޝަންސް ލީޑިން ކްރޫޒް ޑެންސްޓިނޭޝަންސް 2019
  • އިންޑިއަން އޯޝަނަންސް ލީޑިން ޑެސްޓިނޭޝަން 2019
  • - އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2019
  • އިންޑިއަން އޯޝަނަސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2019
  • އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަންސް ލީޑިން ޓޫރިސްޓް ބޯޑު 2019

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ކޮންމެ އަހަރަކުވެސް ކާމިޔާބީތައް ހޯދައެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގެ ފަހުރުވެރި އެވޯޑްތައް ރާއްޖެއަށް ލިބުމަކީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން ފަނޑުވެގެން ނުދިޔުމުގެ އެއް ސަބަބެވެ.

ރާއްޖެ ނޮމިނޭޓުވެފައިދާ ދާއިރާތަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

www.worldtravelawards.com/vote މި ލިންކުން މިއަދުގެ ނިޔަލަށް ވޯޓު ދެވޭނެއެވެ.

comment ކޮމެންޓް