Last Updated: 5 year 16 hour ago

ލަންކާގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެއްޖެ

  • މަރުގެ އަދަދު 215 އަށް އަރައިފި
  • ޒަހަމްވި މީހުންގެ އަދަދު 450 ގައި
  • މުޅި ލަންކާ ވަނީ ހުއްޓުމަކަށް އައިސްފައި
ބުލޮގު ޚުލާސާ

މިއަދު އެންމެ ހެނދުނުގެ ވަގުތުގައި ލަންކާގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް އަމާޒުކޮށް ބޮންތަކެއް ވަނީ ގޮއްވާލާފައި. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 215 އަށް ވުރެ މަތީގައި. ޒަހަމްވި މީހުން އުޅެނީ 450 އަށް ވުރެ މަތީގައި.

ބޮން ގޮއްވާލި ތަންތަނަކީ؛

- ކޮލަމްބޯ ސައިންޓް އެންތޮނީސް ފައްޅި

- ކިންގްސްބަރީ ހޮޓަލް

- ސަންގްރިއްލާ ހޮޓަލް

- ސިނަމަން ގްރޭންޑް ހޮޓަލް

- ނިގަމްބޯގެ ފަޅިއަކަށް

- ބަޓި ކޮލާގެ ފައްޅިއެއްގައި

17:09

މަރުވި މީހުންގެ އަދަދު 207 އަށް އަރައިފި

ސްރީލަންކާގައި މިއަދު ބޮންގޮއްވާލި ހާދިސާގައި މަރުވި މީހުންގެ އަދަދު 207 އަށް އަރައިފި.

17:02

ލަންކާގެ ހަމަލާގައި މަރުވި ބިދޭސީންގެ އަދަދު 22 މީހުންނަށް ވަނީ އަރާފައި. މަރުވި މީހުންގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ހިމެނޭ.

16:36

7 މީހަކު ހައްޔަރުކޮށްފި

ލަންކާގެ އެކި ތަންތަނުގައި މިއަދު ދިން ހަމަލާތަކަށް ފަހު އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފި.

14:21 ރުގިއްޔާ މުހައްމަދު މޫސާ

ލަންކާގައި މިއަދު ހަވީރު 06:00 އިން މާދަމާ ހެނދުނު 06:00އަށް ކާފިއު އިއުލާންކޮށްފި

14:20 ރުގިއްޔާ މުހައްމަދު މޫސާ

ޑެމަޓަގޮޑާގައި ވެސް އެއްޗެއް ގޮއްވާލައިފި. އެއީ މިއަދު ބޮން ގޮއްވާލި އަށް ވަނަ ސަރަހައްދު.

14:19 މުހައްމަދު މުޒައްޔިން ނާޒިމް

ދެހިވަލައިގައި ހިނގާދިޔަ ބޮމުގެ ހަމަލާއި ދެ މީހަކު ވަނީ މަރުވެފައި. މިއަދު ހެނދުނުން ފެށިގެން އެގައުމުގައި ހިނގަމުން މިދާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ، 187 އަކަށް އަރާފައި. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 450 އަށް އަރާފައި.

14:01 މުހައްމަދު މުޒައްޔިން ނާޒިމް

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެހިވަލައިގައި ހުންނަ ޒޫ ކައިރީގައިވެސް ބޮމުގެ ހަމަލާއެއް ދީފި. ފުލުހުންގެ ސްޕޯކްސް ޕާސަން ރުވާން ގުނެސޭކަރަ ވިދާޅުވީ، ދެވެހިވަލަ ޒޫގެ ކުރިމަތީ ހުންނަ ހޮޓަލެއްގައި ވެސް ބޮމެއް ގޮއްވާފައިވާ ކަމަށް. މިއީ މިއަދު އެ ގަމުގައި ބޮން ގޮވި ހަތް ވަަނަ ސަރަހައްދު. https://twitter.com/AzzamAmeen/status/1119883350095880192

13:10

މަރުވި މީހުންގެ އަދަދު މިހާރު ވަނީ 185 އަރާފައި. އޭގެ ތެެރޭގައި ބިދޭސީން ވެސް ހިމެނޭ. މިހާތަނަށް އެނގިފައިވާ ގޮތުގައި 11 މީހަކީ ބޭރު މީހުން.

12:58

މަރުވި ބިދޭސީންގެ އަދަދު 11 އަށް ވަނީ މިހާރު އަރާފައި.

12:23

ލަންކާގައި ހަތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

ލަންކާގައި ހަތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

ލަންކާގައި ހަތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

ލަންކާގައި ހަތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

12:15

ފޮޓޯއިން ލަންކާގެ ބޮމުގެ ހަމަލާތައް

ލަންކާގައި ހަތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

ލަންކާގައި ހަތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 160 އަށް އަރައިފައި -- ފޮޓޯ/އޭޕީ

11:56

ބޮޑުވަޒީރު ރަނިލް: މިއީ ރައްޔިތުންނާ ދެކޮޅަށް ދިން ހަމަލާއެއް، އެންމެން އެއްބައިވޭ

ހަމަލާތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވީ، މިއީ ލަންކާގެ ރައްޔިތުން ދެކޮޅަށް ދެވުނު ވަރަށް ފިޑި ހަމަލާއެއް ކަމަށް. އަދި މިއީ އެންމެން އެއްބައިވެ ތިބެންވީ ވަގުތު ކަމަށް ވެސް ވިދާޅުވި. އަދި ވަނީ މިވަގުތުގައި ސައްހަ ނޫން ހަބަރުތައް ނުފެތުރުމަށް ގޮވާލާފައި.

11:52

9 ބޭރު މީހަކު މަރުވެފައިވޭ

މިއަދުގެ ބޮމުގެ ހަމަލާތަކުގައި ނުވަ ބޭރު މަރުވެފައިވާ ކަމަށް ލަންކާއިން ދާދި ދެންމެއަކު ހާމަކޮށްފި. އެހެން ނަމަވެސް އެ މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ސާފެއް ނުވޭ.

11:46 ރުގިއްޔާ މުހައްމަދު މޫސާ

ރައީސް ސޯލިހު ހަމަލާތައް ކުށްވެރިކުރައްވައިފި

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް. އަދި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ރައީސްގެ ޓްވީޓްގައި ވިދާޅުވި.

11:44

ހަމަލާތަކުގެ ކުރިން ޕޮލިސް ޗީފަށް އިންޒާރުދިން

ލަންކާގެ ހަ ތަނެއްގައި ބޮން ގޮއްވާލުމުގެ ކުރިން، އެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރުދީ ޓެކްސްޓް މެސެޖްތަކެއް ފޮނުވާފައިވާ ކަމަށް އޭއެފްޕީއިން ބުނެފި.

11:33 ރުގިއްޔާ މުހައްމަދު މޫސާ

ބަންޑާރަނައިކަ އެެއާޕޯޓުން ފުރާ މީހުން 4 ގަޑިއިރު ކުރިން ދާން އެދެފި

ކޮލަމްބޯގެ މައި އެއާޕޯޓް ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ ފަރާތްތަކުން ފްލައިޓް އޮންނަ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ފުރަން ދިޔުމަށް އިލްތިމާސްކޮށްފި. އެގޮތަށް އިލްތިމާސްކުރީ ބޮމުގެ ހަމަލާތަކާ ގުޅިގެން އެއާޕޯޓް ސެކިއުރިޓީ ވަރުގަދަކޮށްފައި ވާތީ.

11:29

ބޮމުގެ ހަމަލާތައް ނައިބު ރައީސް ކުށްވެރިކުރައްވައިފި

ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތައް ނައިބު ރައީސް ފައިސަލް ނަސީމް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި. އެމަނިކުފާނު ވިދާޅުވީ ބޮމުގެ ހަމަލާގައި ގެއްލުންވި އާއިލާތަކަށް ތައުޒިޔާ ވިދާޅުވާ ކަމަށް. އަދި މި އުނދަގޫ ދަނޑިވަޅުގައި ލަންކާއާ އެކު ދިވެހި ސަރުކާރު އޮންނާނެ ކަމަށް ވެސް ވިދާޅުވި.

11:24

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 160 އަށް ވަނީ މިހާރު އަރާފައި. ޒަހަމްވި މީހުންގެ އަދަދު 450 އަށް ވުރެ ގިނަ.

11:20

11:12 ރުގިއްޔާ މުހައްމަދު މޫސާ

މަރުވި މީހުންގެ އަދަދު 101 އަށް

ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 101 އަށް އަރާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފި. އަދި ޒަހަމްވި މީހުންގެ އަދަދު، 450 އަށް އަރާފައިވާ ކަމަށް ވެސް ނޫސްތަކުން ބުނި.

11:09

ލަންކާގައި ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސްރީލަންކާގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަށް މިއަދު ހެނދުނު ދިން ޓެރަރިސްޓު ހަމަލަތައް ކުށްވެރިކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައި.

ލަންކާ ގަޑިން މިއަދު ހެނދުނު 8:45ގައި ދިން ބޮމުގެ ހަމަލާތަކުގައި 49 މީހުން މަރުވެ، 160 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

11:01

11:01

ބޮންގޮވި ސަރަހައްދުގައި ދިވެހިން، ގެއްލުމެއް ނުވޭ

ލަންކާގައި ހުންނެވި ދިވެހި އެމްބެސެޑަރު ވިދާޅުވީ ބޮމުގެ ހަމަލާ ދިން ވަގުތު ދިވެހިން ސަންގްރިއްލާ ހޮޓެލްގައި ދިވެހިން ތިބި ކަމަށް. އެކަމަކު އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަމަށް އެމްބެސެޑަރު ވިދާޅުވި.

10:59

ބޮން ގޮއްވުމުގެ ހާދިސާތައް ހިނގާފައި ވަނީ ކޮއްޗިކަޑަގައި ހުންނަ ސެއިންޓް އެންތަނީސް ޗާޗްގަ އާއި ކަޓުވައްޕިޓިޔަގައި ހުންނަ ސެއިންޓް ސަބޭސްޓިންސް ޗާޗްގައި. އަދި ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލާއި ކިންގްސްބަރީ ހޮޓަލުގައިވެސް އެއްޗެހިތަކެއް ގޮއްވާލާފައިވާ ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނޭ.

10:57

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެހާދިސާ މޮނިޓާ ކުރަމުންދާ ކަމަށް ބުނެފައި.

10:46 ރުގިއްޔާ މުހައްމަދު މޫސާ

ލަންކާގައި ދިން ބޮމުގެ ހަމަލާގައި 40 އަށް ވުރެ ގިނަ މަރު

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.