ސޯނަމް ބަނޑުބޮޑީތަ؟

ސޯނަމް އާއި އާނަންދު---

ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރު 33، ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމަށް ބުނެ ވާހަކަތައް ދެކެވޭން ފަށައިފި އެވެ.

ސޯނަމް ބަނޑުބޮޑު ކަމަށް ވާހަކަ ދެކެވޭން ފެށީ އިންޑިއާގެ ފިލާ ބްރޭންޑްގެ ކަލެކްޝަން "މަސާލާބޮކްސް މައިންޑްބްލޯވާ" ނެރުމަށް ބޭއްވި ހާއްސަ ހަފްލާއަށް ފަހުއެވެ.

އިވެންޓްގެ ތެރެއިން ސޯނަމް އަރައިގެން ހުރި ބޫޓްގެ ނާޑުވާ މޮހުމުން ނާޑުވާ އައްސަން ތިރިވީ އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އެވެ. އެ މަންޒަރު ފެނުނު ބައެއް މީހުން ސިފަކުރީ އެއީ ސޯނަމް ބަލިވެއިނުމުން އަހޫޖާ ކުރި ކަމެއްގެ ގޮތުގައެވެ.

ދާދިފަހުން ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނީ އޭނާ ދަރިއަކު ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އަވަސް މުސްތަގްބަލެއްގައި އެ އުފާވެރި ހަބަރުވެސް ލިބިގެންދާނެ ކަމަށެވެ.

އާނަންދު އަކީ އިންޑިއާގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ. ސޯނަމް އާއި އާނަންދު ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ. އަންނަ މަހު އެ ދެމީހުންގެ ކައިވެންޏަށް އަހަރުވާނެއެވެ.

މައުލޫމާތު: އެންޑީޓީވީ

comment ކޮމެންޓް