މޯލްޑިވިއަން އިން މެޓާނިޓީ ލީވް ހަ މަހަށް އިތުރުކޮށްފި

މޯލްޑިވައިން ސްޓާފް ނައިޓްގައި ކުންފުނީގެ ޑީއެމްޑީ ޖެނިފާ ވާހަކަ ދައްކަވަނީ: އެކުންފުނީގެ މުވައްޒިފުނަށް ދޭ މެޓާނިޓީ ލީވް ވަނީ ހަ މަހަށް އިތުރުކޮށްފައި -- ފޮޓޯ/ މޯލްޑިވިައން

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެކުންފުނީގެ މުވައްޒިފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް އިތުރުކޮށްފި އެވެ.

މިކަން އިއުލާން ކުރެއްވީ މޯލްޑިވިއަން އަށް 19 އަހަރު ފުރުމަށް ރޭ ބޭއްވި ސްޓާފް ނައިޓްގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އައިޝަތް ޖެނިފާ އެވެ.

ސްޓާފް ނައިޓްގައި ވާހަކަ ދައްކަވަމުން ޖެނިފާ ވިދާޅުވީ، ރެއިން ފެށިގެން އެކުންފުނީގެ އަންހެން މުވައްޒިފުންނަށް ވިހެއުމުންދޭ ޗުއްޓީ ހަ މަހަށް އަދި ދަރިފުޅުގެ ބައްޕަށް ދޭ ޗުއްޓީ އެއް މަހަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވެހެމުން ދޭ ޗުއްޓީ، ދަރިފުޅުގެ މަންމަ އަށް ލިބެނީ ދެ މަހަށެވެ. އަދި ދަރިފުޅުގެ ބައްޕަށް ދެނީ ތިން ދުވަހުގެ ލީވް އެކެވެ.

ވިހެއުމުންދޭ ޗުއްޓީ ހަ މަހަށް އިތުރު ކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގެ ޖަލްސާގައި ރައީސް ސޯލިހް ވަނީ ސިވިލްސާވިސްގެ މުވައްޒިފުންނަށް މެޓާނިޓީ ލީވް ހަމަހަށް ދިނުމަށް ނިންމާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. އަދި އެއާ އެކު ސަރުކާރުގެ އެހެން ކުނފުނިތަކުން ވެސް މެޓާނިޓީ ލީވް ހަ މަހަށް އިތުރުކުރުމަށް ރައީސް ސޯލިހް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

އެއާ އެކު ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފަ އެވެ.

comment ކޮމެންޓް