ރައީސް ސޯލިހުގެ ރަސްމީ ފޭސްބުކް ޕޭޖެއް އުފައްދައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ފޭސްބުކް ޕޭޖެއް އުފައްދައިފިއެވެ.

ރައީސް ސޯލިހުގެ ވެރިފައިކޮށްފައިވާ ފޭސްބުކް ޕޭޖު ހުޅުވައި އެކަން އިއުލާނުކޮށްފައި ވަނީ މިއަދުއެވެ. އެކަން އިއުލާނު ކުރެއްވީ އެމަނިކުފާނު ތަރުޖަމާނު އިބްރާހިމް ހޫދުއެވެ.

މިއަދު ރައީސްގެ ފޭސްބުކް ޕޭޖެއް އުފައްދާފައިވާ އިރު، އެމަނިކުފާނުގެ ޓްވިޓާ އެކައުންޓެއްވެސް ހުރެއެވެ. އެ އެކައުންޓު 52،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. ޓްވިޓާ އެކައުންޓެއްގެ އިތުރުން އެމަނިކުފާނު އިންސްޓަގްރާމް އެކައުންޓެއްވެސް ގެންގުޅުއްވައެވެ.

މިހާރުވެސް ރައީސް ސޯލިހުގެ ނަމުގައި ފޭސްބުކް ޕޭޖުތައް ހިންގައެވެ. އެހެންނަމަވެސް، އެ ޕޭޖުތަކަކީ ރައީސްއާ ގުޅުން ނެތް ޕޭޖުތަކެއްކަމަށް ހޫދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް