ހަމަނުޖެހުންތަކާ ގުޅިގެން މާލީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

މާލީގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރި ފަހުން އެގައުމުގެ ބޮޑުވަޒީރު ވަނީ އިސްތިއުފާ ދެއްވާފަ -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (އޭޕްރިލް 19): މާލީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ސުމެލޫ ބުބެޔު މައިގާ އާއި ސަރުކާރުގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވައިފި އެވެ.

ބޮޑުވަޒީރު މައިގާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 23ގައި އެގައުމުގައި ދިން ނަސްލީ ހަމަލާއެއްގައި 160 މީހުން މަރާލި ފަހުންނެވެ. އެހަމަލާއާ ގުޅިގެން އެގައުމުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ހަމަލާދިން ހަނގުރާމަވެރި ޖަމާއަތާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ މިމަހުގެ ފަސް ވަނަ ދުވަހު އެތައް ހާސް މީހުން ވަނީ މުޒާހަރާކޮށްފަ އެވެ.

ބޮޑުވަޒީރު މެންގާ އިސްތިއުފާ ދެއްވީ އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޕާލިމެންޓުން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

މާލީގެ ރައީސް އިބްރާހިމް ކެއިތާ ވަނީ ބޮޑުވަޒީރު މައިގާ އާއި މިނިސްޓަރުންގެ އިސްތިއުފާ ގަބޫލު ކުރައްވާފަ އެވެ. އަދި ގައުމުގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އާ ބޮޑުވަޒީރަކާއި ސަރުކާރެއް ވަރަށް އަވަހަށް އައްޔަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު