ލިކަމެކްގެ ނައިޓް މާކެޓް ދަރުބާރުގޭގައި ކުރިއަށްދަނީ

ދަރުބާރުގޭގައި ކުރިއަށްދާ ނައިޓްމާކެޓް -- ސަން ފޮޓޯ

ކުރިޔަށް އޮތް ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް ދަރުބާރުގޭގައި ފެށިގެން ކުރިއަށް އެބަދެއެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ކުރިއަށްގެންދާ މި ނައިޓްމާކެޓުގައި 219 ސްޓޯލު ހުރި އިރު ބަދިގެއަށް ބޭނުންވާ ސާމާނާއި ބެޑްޝީޓް، ގަހަނާ، ކާބޯތަކެތީގެ އިތުރުން އަންނައުނު ވިއްކަން އެބަހުއްޓެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނައިޓްމާކެޓް -- ސަން ފޮޓޯ

ނައިޓްމާކެޓުގެ މެއިން ކެންޓީން ހިންގަނީ ދަ ކިޗަން އިންނެވެ.

ނައިޓްމާކެޓު ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 އަށެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނައިޓްމާކެޓް -- ސަން ފޮޓޯ

މިދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެއެވެ.

ލިކަމެކް އިން ބުނީ އިއްޔެ އިން ފެށިގެން މއިަދު ހަވީރާ ހަމައަށް ފަންސަވީސް ހާހެއްހައި މީހުން ފެއާ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ދަރުބާރުގޭގައި ކުރިށް ގެންދާ މިއަހަރުގެ ނައިޓް މާކެޓް ގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"މިއީ ކޮންސިއުމާ ފެއާ ކޮންސެޕްޓަށް ކުރިއަށް ގެންދާ މާކެޓެއް. ވަރަށް ވޮޑު ޔަގީންކަމެއް ދެން ހެޔޮ އަގުގައި ކަސްޓަމަރުން ބޭނުންވާނެ މުދާ ލިބޭނެ ކަމަށް،" ލިކަމެކް ގެ އޮފިޝަލަކު ބުނޏެވެ.

comment ކޮމެންޓް