ކަފިހި ހުރަސް މަތިން އެކްސިޑެންޓްވި މައްސަލަ ޕީޖީ އަށް ފޮނުވައިފި

ސެނެހިޔާ ކައިރީ ހުންނަ ކަފިހި ހުރަސް: އެ ކަފިހި ހުރަސްމަތިން އެކްސިޑެެންޓްވި މައްސަލަ މިހާރު ވަނީ ޕީޖީ އަށް ފޮނުވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސެނެހިޔާ ކައިރީ، ކަފިހި ހުރަސް މަތިން ދިޔަ އަންހެނެއްގެ ގައިގާ ޓެކްސީއަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލަ ޕްރޮސެކުއުޓާ ޖެނެރަލް (ޕީޖ) އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ހިނގި އެ އެކްސިޓެންޑްގެ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެކްސިޑެންޓްވި ކާރު ދުއްވަން އިންޑްރައިވަރުގެ ހުއްދަ ބާތިލްކޮށް އޭނާގެ ލައިސެންސް ހިފަހައްޓާފަ އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް އިއްޔެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި އުމުރުން 45 އަހަރުގެ އަންހެންމީހާގެ ހާލު ސީރިޔަސްވެ ފަރުވާ ދެމުން ގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.

އޭނާގެ ސިކުނޑި އަށް ލޭ އެޅި، ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. މަހަކަށްވުރެ ގިނަ ދުވަސްފަހުން އަންހެންމީހާ ހޭ އެރި ނަމަވެސް އޭނާ އަށް އަދިވެސް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

comment ކޮމެންޓް