"މައި އެލައިޑް" ޕޯޓަލް ރީބްރޭންޑްކޮށް ހިދުމަތް ފުޅާކޮށްފި

މައި އެލައިޑް--- ފޮޓޯ/ އެލައިޑް

އެލައިޑް އިންޝުއަރަންސުން ކުންފުނީގެ ހެލްތް ކަސްޓަމަރުންނަށް ހާއްސަ، "މައި އެލައިޑް" ޕޯޓަލް ރީބްރޭންޑްކޮށް ޕޯޓަލްއަށް އާ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.

މިދިޔަ އަހަރު ލޯންޗްކުރި އެ ޕޯޓަލް ކުރިން ހާއްސަ ވެފައިވަނީ އެލައިޑުގެ ހެލްތް އިންޝުއަަރަންސް ކަސްޓަމަރުންގެ ބޭނުންތަކަށެވެ. އެގޮތުން ހެލްތް ކްލެއިމްސް އަށް އެދި ފޯމް ހުށައެޅުމާ، ކްލައިމް ސްޓޭޓަސް ބަލާލުމުގެ އިތުރުން ހެލްތް ޕޮލިސީގެ ލިމިޓުތަކާއި ބާކީ ހުރި މިންވަރު ބަލައިލެވެ އެވެ.

އެލައިޑް އިންޝުއަރަންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެލައިޑަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފަސޭހައިން ފުއްދޭނެ އިޖާދީ ކަންކަން ތައާރަފުކުރުމަށް ސަމާލުކަމެއް ދޭ ކުންފުންޏެއް ކަމަށެވެ.

"އެލައިޑް މޯބައިލް އެޕްލިކޭޝަނާއި އެއް ހަމައަށް މައި އެލައިޑްގެ ހިދުމަތް ފުޅާކުރުމުން ގިނަ ކަސްޓަމަރުންތަކަކަށް އިންޝުއަރަންސް ހޯދުމުގައި ހޭދަވާ ވަގުތު މަދުވާނެ. އަދި މަންފާ ކުރާނެ،" ނިއުޝާދު ވިދާޅުވި އެވެ.

އެލައިޑުން ބުނީ އެ ޕޯޓަލް ރީބްރޭންޑްކޮށް އަލަށް އިތުރު ކުރެވުނު ހިދުމަތްތަކާ އެކު މައި އެލައިޑް ޕޯޓަލްއަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އިންޝުއަރަންސްގެ އިތުރު ހިދުމަތް ހޯދޭނެ ވަސީލަތަކަށް ވާނެ ކަމަށެވެ.

ޕޯޓަލް އިން އަލަށް ހޯދޭނެ ހިދުމަތްތަކުގެ ތެރޭގައި މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސް، ތަކާފުލް ނެގުމާއި އާ ކުރުން، ހޯމް ކޮންޓެންޓްސް ތަކާފުލް، ހައްޖު އަދި އުމްރާ ތަކާފުލް ނެގުން ހިމެނެ އެވެ.

މީގެ އިތުރުން މޮޓޯ އީސްޓިކާ ޖެނެރޭޓްކުރުން އަދި ނަގާފައިވާ އިންޝުއަަރަންސް ޕޮލިސީތަކާއި ތަކާފުލް ސެޓްފިކެޓްތައް ވެރިފައިކުރުން ވެސް ހިމެނެ އެވެ.

comment ކޮމެންޓް