ސައިކަލެއް ކާރު ދަށުވިޔަސް މީހަކަށް ކަމެއް ނުވޭ

މިރޭ ހިނގި އެކްސިޑެންޓް -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

މާލޭ ރިންގު ރޯޑު، އަލިމަސްކާނިވާ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ސައިކަލު ވަނީ ކާރުގެ ދަށަށް ގޮސް ފައެވެ.

މިރޭ ހިނގި އެކްސިޑެންޓް -- ފޮޓޯ: ސޯޝަލް މިޑިއާ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުންޏެވެ. ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިރޭ 10:28 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް