އެމްއެމްޕީއާރުސީ މައްސަލާގައި ރެޑް ނޯޓިސް ނެރުނު ބައެއް މީހުންގެ ނޯޓިސް ބާތިލްކޮށްފި

ރެޑް ނޯޓިސް ކެންސަލް ކުރި މީހުން --

އެމްއެމްޕީއާރުސީ ގެ މައްސަލާގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ރެޑް ނޯޓިސް ބާތިލް ކޮށްފިއެވެ.

ފުލުހުން ބުނީ ރެޑްނޯޓިސް ކެންސަލްކުރީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށެވެ. އެމީހުންގެ މައްޗަށް ނެރުނު ނޯޓިސް ކެންސަލް ކުރުމާ ގުޅޭގޮތުން ފުލުހުން ބުނީ އެމީހުން ހޯދަން ރެޑްނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.

ނަމަވެސް މިހާރު އެމީހުންނަށް ފުލުހުންނަށް އެކްސެސްވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެމީހުން ހޯދުމަށް ނެރެފައިވާ ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭނެ ތަނެއް ނެތުމުން ރެޓްނޯޓިސް ނެގީ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

ރެޑްނޯޓިސްނެރުނު މީހުންގެ ތެރެއިން މުހައްމަދު އަސީލް އަހުމަދާއި މުހައްމަދު އައްލާމް ލަތީފާއި އަހުމަދު އިޝްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ގެ މައްޗަށް ނެރުނު ރެޑް ނޯޓިސް ވަނީ ބާތިލް ކޮށްފައެވެ.

އިންޓަޕޯލްގެ ވެބްސައިޓުގައި މިހާރުވެސް 11 ދިވެއްސެއްގެ މައްޗަށް ވަނީ ރެޑްނޯޓިސް ނެރެފައެވެ.

comment ކޮމެންޓް