"ޖަބަރިޔާ ޖޯޅީ"ގެ ޝޫޓިންގް ނިމިއްޖެ

ސިދާރްތު މަލްހޯތުރާ އަދި ޕަރިނީތީ ޗޯޕްރާގެ ފިލްމު 'ޖަބަރިޔާ ޖޯޅީ'ގެ ޝޫޓިންގް މުޅިން ނިމިއްޖެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ޝޫޓިންގ ފެށި އެ ފިލްމުގެ ޝޫޓިންގް ނިމުނީ އިއްޔެ އެވެ. ފިލްމުގެ ޝޫޓިން ނިމުނުކަން ފާހަގަކުރުމަށް ބޮޑު ޕާޓީއެއް ވަނީ ބާއްވައިފަ އެވެ. ބަލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ ބިހާރުގައި އޮންނަ ކައިވެނި ކުރަން އުޅޭ ފިރިހެން މީހާ، ކައިވެނީގެ ކުރިން ފޮރުވުން ނުވަތަ ވަގަށް ނެގުމުގެ ސަގާފަތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ޕްރަޝާންތު ސިންގް ޑައިރެކްޓު ކޮށްފައިވާ 'ޖަބަރިޔާ ޖޯޅީ' އަކީ ސިދާރްތާާއި ޕަރިނީތީ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި 12 ވަނަ ދުވަހު އެވެ.

comment ކޮމެންޓް